އައްޑޫ ސިޓީ މީދޫން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މީދޫން އެންމެ ފަހުން ޕޮޒިޓިވްވި ދެ މީހުންނަކީ، މިހާރު އެ ރަށުގައި އުފެދިފައިވާ ކްލަސްޓާރއާއި ގުޅުންހުރި ދެ މީހުންކަމަށް މަޢުލޫމާތު ލިބެއެވެ. އެ ދެ މީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންނެވެ.
މި ދެ މީހުންނާއެކު މީދޫން ޕޮޒިޓިވްވި ޢަދަދު ވަނީ 13 އަށް އަރާފައެވެ.
މި ގޮތުން އައްޑޫ ސިޓީން ޕޮޒިޓިވްވި ޢަދަދު ވަނީ 91 އަށް އަރާފައެވެ.