މާލެ ސަރަހައްދުގައި ދިރިއުޅޭ ވިހި އަހަރުން މަތީގެ މީހުންނަށް، މާދަމާ ކޮވިޑް ވެކްސިންދޭން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފިއެވެ.
މީގެ ކުރިން ވެކްސިން ދެމުން އައީ ޢުމުރުން 25 އަހަރުން މަތީގެ މީހުންނަށާއި، 18އަހަރުން މަތީގެ މީހުންގެތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒާއި، ވިލިމާލޭ ޔޫތު ސެންޓަރާއި، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު( ކުރީގެ ފްލޫ ކްލިނިކް) ގައެވެ.
މި މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވެކްސިން ދޭން ފަށާާފައިވާއިރު، މިހާތަނަށް 105,492 މީހުން ވަނީ ވެކްސިން ޖަހާފައެވެ.