މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި އޭނާގެ އަންހެނުން އަދި މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އަށް ވަރަށް އަވަހަށް ދަރިއެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ނިކް ބުނެފިއެވެ.
ނިކް އާއި ޕްރިޔަންކާ ވަރަށް އަވަހަށް އާއިލާއެއް ފަށައި އާ ދިރިއުޅުމަކާއެކު ކުރިއަށްދާން ބޭނުންވާ ކަމަށް ވަނީ ދެމީހުންވެސް ބުނެފައެވެ.
ނިކް ދާދި ފަހުން ހާމަކުރިގޮތުގައި މިހާރު އުއްމީދުކުރަމުންދަނީ ޕްރިޔަންކާ ވީހާވެސް އަވަހަކަށް ބަނޑުބޮޑުވި ކަމުގެ އުފާވެރި ހަބަރަށެވެ.
”އުއްމީދު ކުރަމުން މިދަނީ ވަރަށް ގާތް މުސްތަގުބަލެއްގައި ދަރިއެއް ލިބުމަށް. ހެޔޮ އަންހެން ކުއްޖަކަށް ވިޔަސް އަދި ފިރިހެން ކުއްޖަކަށް ވިޔަސް،“ އޭނާ ބުންޏެވެ.
ނިކް އާއި ޕްރިޔަންކާ ގިނަ ދަރިން ހޯދަން ބޭނުންވާ ކަމަށް މީގެކުރީންވެސް ދެމީހުން ވަނީ ބުނެފައެވެ. ނިކް ބުނީ އެ ދެ މީހުންނަށް ކައިވެނީގެ ގުޅުމުން ގުޅެވި އެކުގައި ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ ވެސް ލެއްވި ވަރަށް ބޮޑު ރަހުމަތެކެވެ.
އަދި ޕްރިޔަންކާއާއެކު އާއިލާއެއް ފެށުމަކީ އޭނާއަށް ލިބޭނެ އެންމެ ބޮޑު އުފާ ކަމުގައިވެސް ނިކް ވަނީ ފާހަގަކޮށްފައެވެ.