ދީނުގެ ޢިލްމުވެރިން ދުލުގެ ޢިއްފަތްތެރިކަމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ ޑރ.މުޙައްމަދު އިޔާޒަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މީގެ ދެ ދުވަހެއްކުރިން ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ފުރާނައާއި، ނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހައި މުސްލިމުންގެ މައްޗަށް ލާޒިމްކުރާކަމެއް ކަމަށްވާއިރު، ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭކަމަށް ސިއްހީ މާހިރުން ލަފާދެއްވާ ކަންތައްތައް ކުރުން ލާޒިމުވާނެ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން މިފަދަ ނުރައްކާތެރި ހާލަތެއްްގައި، ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކުން މުހިންމުކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ.އިޔާާޒް ވަނީ، މިސްކިތަށް ދިއުމުގެ ސަބަބުން ފުރާނަ ގެއްލި ނުވަތަ ކޮވިޑު މިސްކިތުން ފެތުރިފައިވަނީ ކިހާ މިންވަރަކަށްތޯ ސުވާލުކުރައްވާފައެވެ. އަދި ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން އެންމެ މާތް އަޅުކަމުގެތެރެއަށް އަމިއްލަ ގޮތް ވެއްދީމަ ދެންވާާނީ ކިހިނެއްތޯ ވެސް ޑރ.އިޔާޒް ސުވާލުކުރައްވާފައިވެއެވެ. ހަމައެެހެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ ވާރެޔާ ހިޔާވާންވެސް މިސްކިތު ފުރާޅުދަށަށް ނުވަންނަ މީހުންނަށްކަމަށް ވެސް ޑރ.އިޔާޒް ވަނީ ވިދާޅުވެފައެވެ.
މި ވާހަކަތަކުގެ އިތުރުން ވެސް ޑރ.އިޔާޒު ވަނީ މިކަމާއި ގުޅިގެން އެތައް ވާހަކައެއް ދައްކަވާފައެވެ.
އެންމެ ފަހުން އިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް މައުމޫން މިއަދު ވިދާޅުވީ ދީނުގެ ޢިލްމުވެރިން ދުލުގެ ޢިއްފަތްތެރިކަމަށް އިސްކަން ދެއްވާނެ ކަމަށެވެ. ހަމައެހެންމެ ދީނީ ޢިލްމުވެރިން ވާހަކަފުޅު ދައްކަވާނީ ޙިކްމަތްތެރިކަމާއެކު ރިވެތި ބަހުންކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ހިކުމަތްތެރިކަމުން 30 އަހަރުވަންދެން މިސްކިތަކާއި އިންވެގެން ހުރި އިރުވެސް ނަމާދަށް މިސްކިތައް ނުގޮސްހުރީ. ބަލަ ﷲ ގެ ހަޟްރަތުގައި އެންމެ މާތް އިންސާނާވެސް ނަމާދަށް ވަޑައިގެންނެވީ މިސްކިތައް. ދެން މިސްކިތައް ނާރާ މީހުން ކޮން އަނގައެއް ތިއަރުވަނީ