ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެން ކުއްޖަކު ރޭޕްކޮށްލާފައިވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
ރިސޯޓެއްގައި ދިވެހި އަންހެން ކުއްޖަކު ރޭޕްކޮށްލާފައިވަނީ ހަތަރު ދިވެހި ފިރިހެނުންކަމަށާއި، އެއީ އެ ރިސޯޓުގެ މުވައްޒަފުންކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. ހަމައެހެންމެ އެ އަންހެން ކުއްޖާއަކީ ވެސް އެ ރިސޯޓުގެ މުވައްޒަފެއްކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް ފުލުހުން ވިދާޅުވީ އަދި މިފަދަ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށެވެ. ނަމަވެސް އެފަދަކަމެއް ހިނގިތޯ ބެލުމަށްޓަކައި މަޢުލޫމާތު ސާފުކޮށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.