ގދ.ތިނަދޫގައި ގާއިމުކޮށްފައިވާ އިސްލާމިކް ސެންޓަރުގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ހިންގުމަށްޓަކައި ހަވާލުކޮށްފިއެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސް ހިންގުމަށް ތިނަދޫ އިސްލާމީ މަރުކަޒު ހަވާލުކުރީ އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ކަންކަން ބާރު ސްޕީޑްގައި ގެންދިއުމަކީ ރައީސް ޑރ.މުޢިއްޒު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި މިއަދަކީ ރައީސްގެ އިރުޝާދުގެ ދަށުން ތިނަދޫ އިސްލާމިކް ސެންޓަރ އައިޔޫއެމް އާ ހަވާލުކުރުމުގެ އުފާވެރި ދުވަސް ކަމަށެވެ.
ރައީސްގެ އަމާޒަކީ އަތޮޅުތަށް ކުރިއެރުވުން ކަމަށާއި ހުރިހާ އަތޮޅަކަށް ވެސް އައިޔޫއެމް ވާސިލްވާނެ ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.