މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން ބުނީ ރ.އަތޮޅުން ފެށިގެން މ.އަތޮޅުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެހެންވެ އެ ސަރަހައްދުތަކަށް މިރޭ 20:00 އާ ހަމައަށް ހުދު ސަމާލު ނެރެފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.