ރާއްޖޭގެ ރައްޔިތުން މިވަނީ ވެރިކަން ބަދަލުކޮށްފައި ކަމަށާއި އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ ވާޖިބު ކަމެއް ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ މެންބަރުން މަޝްވަރާ ކުރައްވަމުން ގެންދަވަނިކޮށް އެކަމަށް އިޝާރަތް ކުރައްވަމުންނެވެ.
ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ނުދީ ތިއްބެވުމުގެ ޖާގައެއް ނެތް ކަމަށާއި ރާއްޖޭގެ ރައްޔިތުން މިވަނީ ވެރިކަން ބަދަލުކޮށްފައި ކަމަށެވެ. އެ ވެރިކަން އެކުލެވިގެންވަނީ ވަޒީރުންގެ މަޖިލީހަކާ އެކުގައިކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ “އެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް އަޚުލާގީ ގޮތުން ވާޖިބު ކަމެއް“ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަގާމަށ އައްޔަން ކުރެއްވި ޢަލީ އިޙްސާނާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ މަގާމަށް އައްޔަން ކުރެއްވި މުޙައްމަދު ސަޢީދާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒުގެ މަގާމަށް އައްޔަން ކުރެއްވި ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިނިސްޓަރ އޮފް ހައުސިންގ, ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަން ކުރެއްވި ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދަށް ރުހުން ނުދޭން އެމްޑީޕީއިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
“އާ ހައުސިންގ މިނިސްޓަރަށް އިންތިހާއަށް އަޅުގަނޑުގެ އިތުބާރު އެބައޮތް“ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ޑރ.ހައިދަރަކީ ދިވެހިރާއްޖޭގައި ޕްލޭނިންގ މިނިސްޓްރީއެއް އުފެދުނީއްސުރެ އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަންނީ ބޭފުޅެއް ކަން ފާހަގަކުރައްވައިފައެވެ.
“އިރާދަކުރެއްވިއްޔާ މި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުން ވެސް އާ ކެބިނެޓަށް ރުހުން ދެއްވާނެ.“ ނަޝީދު ވިދާޅުވިއެވެ.
ބްރިޖުން ނުގުޅޭ ހިސާބުގައި ބޮޑު ބިމެއް ހިއްކާފަ މާލޭ މީހުން ފޮނުވަން އުޅުމަށް ވުރެން ތުލުސްދޫ ނޫނީ ކާށިދޫ ތަރައްހީ ކޮއްފަ އެތަނަށް ފޮނުވިއްޔާ މާބޮޑަށްވެސް ތިޔަ އިސްރާފު ނުކޮށް ވާނެއެވެ. ތިޔަ އުޅެނީ މިގަރުނުގެ އެންމެ ބޮޑު އިސްރާފު ކުރާށެވެ.
މުޅިން ރަނގަޅަކަށްނޫން ތިޔަވިދާޅުވީ، ކެބިނެޓަށް އައްޔަން ކުރާ ހުރިހާ ވަޒީރުންނަކަށް ރުހުންދޭކަށް ނުޖެހޭ، މަނިކުފާނުގެ ކެބިނެޓަށް އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަކަށް އޭރުގެ މަޖިލީހުން ވެސް ރުހުންދީފައެއްނުވޭ ދެއްތޮ؟
ހައުސިން މިނިސްޓްރައް ރުހުން ދީފިއްޔާ އެމްޑީޕީ އައް ކުރިޔަށް އޮތް ރ.މަޖުލިސް ގެ ގޮނޑިތައް ނުލިބިދާނެ