އަންނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ދެ ޕާޓީއަކާއެކު މަޝްވަރާ ކުރުމަށް ޖުމްހޫރީ ޕާޓީއިން ނިންމައިފިއެވެ.
މިގޮތަށް ނިންމީ އިއްޔެ އެ ޕާޓީއިން ބޭއްވި ކައުންސިލު ބައްދަލުވުމުގައެވެ.
ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ދެ ޕާޓީއަކާއެކު ނުރަސްމީކޮށް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އިއްޔެގެ ބައްދަލުވުމުގައި ކައުންސިލުން ނިންމީ އެ ދެ ޕާޓީއާ ރަސްމީކޮށް މަޝްވަރާ ކުރަން ކޮމިޓީއެއް ނަގަން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެއީ ކޮން ދެ ޕާޓީއެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
މަޝްވަރާ ކުރަން ނެގި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން (މުގައްރިރު), ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް, ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ, ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޟް ރަޝީދު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުޙައްމަދު ޝިހާބެވެ.
ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ ތިންބަލި ވީމަވެސް އަނެއްކާ ތިޔައުޅެނީ ބޯ ހިއްލޭތޯ ހެއްޔެވެ؟ ދިވެހިން ބޭނުމެއް ނޫނޭ ބޭނުމެއް ނޫނޭ މަދަރިންނޭ! ގަބޫލު ކޮއްބަލަ!