ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 17 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވީ މި މަހުގެ 19 ގައެވެ.
މިއަދުގެ ޖަލްސާގައި ރައީސްގެ ސިޓީ އިއްވުމުން ރިޔާސަތުން ވަނީ އެ މައްސަލަ ކޮމިޓީއަށް ފޮނުވިކަން އިއުލާނުކޮށްފައެވެ.
ރައީސް ޑރ.މުޢިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވަނީ 22 މެންބަރުންނެވެ.