މެންޗެސްޓާ ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވް ރިޗަޑް އާނޯލްޑް 16 އަހަރަށް ފަހު ކްލަބް ދޫކޮށްލަން ނިންމައިފިއެވެ. ރިޗަޑް ނިންމީ އޯލްޑް ޓްރެފޯޑް ޓީމުގެ 25 ޕަސެންޓް ހިއްސާ ހޯދުމަށް ސަރ ޖިމް ރެޓްކްލިފް ހަދާފައިވާ އެއްބަސްވުން ނިމުމަކާ ގާތްވެފައި ވަނިކޮށެވެ.
އެޑް ވުޑްވާޑްގެ ބަދަލުގައި އާނޯލްޑް 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ”ޓްރާންސިޝަނަލް ސަޕޯޓް“ ދޭނެ އެވެ.
އޭނާ ވަކިވެފައި މިވަނީ ރެޓްކްލިފްގެ އިނިއޯސް ގްރޫޕުން ޔުނައިޓެޑް އަތުން 1.25 ބިލިއަން ޕައުންޑުގެ މައިނޯރިޓީ ގަތުމުގެ ކަންކަން ފައިނަލް ކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ޖެނެރަލް ކައުންސެލް ޕެޓްރިކް ސްޓެވާޓް ޗީފް އެގްޒެކެޓިވްގެ މަގާމާ ވަގުތީ ގޮތުން ހަވާލުވާއިރު، ދާއިމީ ބަދަލެއް ގެނައުމަށް ކްލަބުން ގޮތެއް ނިންމާނެ އެވެ.
އުމުރުން 52 އަހަރުގެ އާނޯލްޑް، ބުނީ ފާއިތުވި 16 އަހަރު މި މޮޅު ފުޓްބޯޅަ ކްލަބަށް ހިދުމަތް ކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.