ހުކުރު ދުވަހަކީ މުސްލިމުންގެ ޢީދު ދުވަހެކެވެ. ހަފުތާގެ އެންމެ މާތް ދުވަހެވެ. ހުކުރު ދުވަހަކީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން މުސްލިމުންނަށް އެންމެ ޚާއްޞަ ދުވަހެވެ. މިދުވަސް ޚާއްޞަވުމުގެ ސަބަބުތައް ގިނައެވެ.
މި ދުވަހަށް ޚާއްޞަ ކުރައްވައި، ޚާއްޞަ އަޅުކަންތައް ލައްވާފައިވުމީ މި ދުވަހުގެ މާތްކަމާއި މަތިވެރިކަން އަންގައިދޭ ކަމެކެވެ. އެގޮތުން ހުކުރު ދުވަހުގެ ހުކުރު ނަމާދަކީ އެދުވަހަށް ޚާއްޞަ އަޅުކަމެކެވެ. އެ ނަމާދުގެ ހާޟިރީ ހޯދުމަށް ގަދައަޅާ މަސައްކަތްކުރަންޖެހެއެވެ.
ހުކުރުނަމާދަށް އަވަހަށް މިސްކިތަށްދިޔުމަކީ ކީރިތިރަސޫލާ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އެކަމަށް ވަރަށްބޮޑަށް ހިތްވަރުދެއްވާފައިވާ ކަމެކެވެ. އަވަހަށް ހުކުރަށް ދިޔުމުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަކުރުމުގެ އިތުރުން އެ ދުވަހުން ކިޔުމަށް ވާރިދުވެފައިވާ ކަޙަފު ސޫރަތް ކިޔުމަށް ވަގުތު ލިބެއެވެ.
އިތުރުވާނެތީވެސްމެއެވެ. އިމާމް އަޙްމަދު ރިވާކުރައްވާގޮތުގައި ހުކުރު ދުވަހު ޝައިޠާނުން ބިންމަތީ ފެތުރިގަންނާނެތެވެ. މުސްލިމުން ބާޒާރުން ބޭރަށް ނުކުތުން ލަސްކުރުވުމަށް މަސައްކަތްކުރާނެތެވެ. އަދި މަލައިކަތްބޭކަލުން މިސްކިތްތަކުގެ ދޮރުމަތީގައި ތިއްބަވައި ހުކުރަށް އަންނަމީހުންގެ ނަންތައް ލިއުއްވާނެތެވެ. މިގޮތަށް އިމާމުމީހާ މިސްކިތަށް ވަދެ މިންބަރަށް އަރައްޖައުމަށްދާންދެން އެބޭކަލުން މިސްކިތަށް އަންނަމީހުންގެ ނަންތައް ތަރުތީބުން ލިއުއްވާނެތެވެ. ހަމައެހެންމެ އިމާމުމީހާ މިންބަރަށް އެރުމާއެކު ހުކުރު ހާޞިރީގެ ފަތްފުއް ލައްޕަވައިލައްވާ ޚުތުބާ އަޑުއެހުމަށް އެބޭކަލުން ތިއްބަވައެވެ.
ކަންމިހެން ހުރުމާއެކު، ހުކުރުދުވަހު ހިނައި ޡާހިތުވެ، ވީހާވެސް ރީތި ފޭރާމެއް ލައިގެން، އަވަހަށް ހުކުރަށް ދިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހުކުރަށް ގޮސް، ﷲގެ މަތިން ހަނދުމަކޮށް ކަޙަފު ސޫރަތް ކިޔެވުމަށް ނަޞޭޙަތްތެރިވަމެވެ. މީގެއިތުރުން، ހުކުރު ހާޟިރީގައި ”ހެޔޮ ފާހަގަ“ ޖެހުނުކަން ކަށަވަރުކުރުމަށްޓަކައި، އިމާމުމީހާ މިންބަރަށް އެރުމުގެކުރިން މިސްކިތަށް ހާޟިރުވެވޭތޯ ގަދައަޅާ މަސައްކަތްކުރަންޖެއެވެ.
ފުރިހަމަ ލިޔުމެއް