އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެޕް މެދުވެރިކޮށް ރީޗާރޖްކޮށްގެން ޚާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫއިން ބުނީ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭ މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ނަސީބުވެރި ފަރާތަކަށް އައިފޯން 15 ޕްރޯ މެކްސް އެއް ލިބޭނެ ކަމަށެވެ.
އެގޮތުން އުރީދޫ އެޕް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާރޖް ކުރައްވާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ކޮންމެ ހަފްތާ އެއްގެ ނަސީބުވެރި ފަރާތަކަށް ”ވީކްލީ ވިނަރ“ ގެ އިނާމުގެ ގޮތުގައި މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު – މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 އެއް ލިބޭނެއެވެ.
މީގެ އިތުރުން ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް މި ޕްރޮމޯޝަނުގެ ”ގްރޭންޑް ޕްރައިޒް ވިނަރ“ ގެ އިނާމުގެ ގޮތުގައި އައިފޯން 15 ޕްރޯ މެކްސް އެއް ލިބޭނެއެވެ.
އުރީދޫ އިން ބުނީ މި ޕްރޮމޯޝަން ކުރިޔަށްދާނީ 7 ނޮވެމްބަރު 2023 އިން ފެށިގެން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ކަމަށެވެ.