މުޓިންޖިޔާ ކަލަބުރާ ނުވަތަ ޖެމެއިކަން ޗެރީ، ދިވެހި ބަހުން ނަމަ ޖޭމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ހެދޭ މޭވާގެ ބާވަތެކެވެ. ޖޭމަކީ އެ ގަހުން ލިބޭ ހިޔަލަށްޓަކައި ހައްދާ އުޅޭ ގަހެއް ނަމަވެސް ޖޭމު ފަތަކީ ސިއްހަތަށް ގިނަ ފައިދާތަކެއް ލިބޭ ފަތެކެވެ.
ޖޭމު ގަހުގެ ފަތަކީ ސައި ތައްޔާރުކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.
ޖޭމު ފަތުން ތައްޔާރު ކުރާ ސައި ބުއިމުން ގައިގެ ރިހުންތައް ކެނޑި ރިހުން އުފެދުމަށް މެދުވެރިވާ ކަންކަމުން ރައްކާތެރިވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.
ޖޭމު ފަތުން ތައްޔާރުކުރާ ސައިން ލޭގެ ޕްރެޝަރު ދައްކޮށްދީ ލޭގެ ހިނގުން ހަމަޔަކަށް އެޅި ލޭ އިތުރުކޮށްދޭނެއެވެ.
އާންމުކޮށް ޖެހޭ ބަލިތަކުގެ ތެރޭގައި ހިމެނޭ ބޮލުގެ ރިހުން އަދި ހުން އައުމާއި ތަދުތަކަށް ޖޭމު ފަތުގެ ސައިން ހައްލު ލިބިގެންދާ އިރު މި ކަންކަމުން ރައްކާތެރިވުމަށް އާންމުކޮށް ޖޭމު ގަހުގެ ފަތުގެ ސައި ބުޔުމަކީ މުހިންމު ކަމެކެވެ.
މީގެ އިތުރުން ވެސް ޖޭމު ގަހުގެ ފަތެކޭއެއްގޮތައް މާ އަދި ޖޭމަކީ ވެސް ސިއްހީ ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ.
ޖޭމުގެ މަލަކީ ވެސް ސިއްހީ ފައިދާ ލިބޭ އެއްޗެކެވެ. އެގޮތުން ޖޭމު ގަހުގެ މާ ހޫނުފެނުން ކެއްކުމަށް ފަހު އެއިން ސައި ހަދައިގެން ބުއިމުން ބަނޑުގައި ރިހުން ފަދަ އާދައިގެ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ.
Dhen jeymu fathun sai hadhaa goiy ves liyeli nama dho furihama veehee