ގއ. ގެމަނަފުށި ކައިރިން މަސް ހިފަން އެރި އުޅުނު މީހެއްގެ ގައިގައި ލޯންޗެއްގެ ބުރަފަތިން ޖެހި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ ނިޔާވެއްޖެއެވެ.
މިކަން ހާމަކޮށް ފުލުހުން ދެންމެ ވިދާޅުވީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް އެރި އުޅުނު މީހެއްގެ ގައިގައި ގއ. ގެމަނަފުއްޓަށް ވަންނަން އައި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ 45 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.