ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ސ.ހުޅުދުއަށް ނިސްބަތްވާ 44 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި މާރާމާރީ ހިންގައި ފޭރުމުގެ ތުހުމަތެވެ.
އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ޢާއިޝަތު ނުޒުހާ މިއަދު ވަނީ އަމުރު ކުރައްވައިފައެވެ.
ގާޒީ ނުޒުހާ ސޮއިކުރައްވައި ނެރުއްވި ކޯޓު އަމުރުގައި ބުނެފައިވަނީ ފިރިހެން މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަަަރަށް ފުލުހުން ކޯޓަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތުން ބުނާ ބުނުމާއި, އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާގެ ފޮޓޯއާއި, ސީސީޓީވީ ފުޓޭޖް ސްނެޕްޝޮޓްތަކާއި, ހެއްކެއްގެ ބަޔާނާއި, ބޭންކް ސްޓޭޓްމަންޓް ހުށަހެޅިފައިިވާ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.