ފެނަކަ ކުންފުނިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފައިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ފަތުރަމުންދާ ވާހަކަ ތަކަކީ ކުންފުނީގެ ނަން ކިލަނބުކޮށް އަގު ވައްޓާލުމަށް ފަތުރަމުން އަންނަ ވާހަކަތަކެއް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް ފެނަކައިން އާންމުކޮށްފައިވާ ބަޔާނުގައި ބުނީ ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ޢަމަލުކުރާ ކަމަށް ދޭހަވާގޮތަށް ފަތުރަމުންދާ ވާހަކަ ތަކަކީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ޙަސަދަވެރި ނިޔަތެއް އޮވެގެން ފަތުރަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.
އެގޮތުން މިއީ ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ ޢަމަލުތަކެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
ހަމަ އެހެންމެ ފެނަކަ ކުންފުނިން ބުނީ އެ ކުންފުނިން ދެމުންދާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުންފުނީގެ އޮޕަރޭޝަންތަކަށް ހޯދަންޖެހޭ މެޓީރިއަލްސް ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ހޯދަމުން ދިއުމަކީ އަބަދުވެސް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.
ފެނަކައިން ބުނީ އެ ކޯޕަރޭޝަނަކީ 73 ރަށެއްގެ ފެނުގެ ނިޒާމާއި 88 ރަށެއްގެ ނަރުދަމާ ނިޒާމުގެ އިތުރުން 6 ރަށެއްގެ ބޯފެނުގެ ނިޒާމް ހިންގަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި މި ރައްތަކުގައި ޢާންމު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް މެދުކެނޑުނަނުދީ ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުންފުނީގެ އޮޕަރޭޝަންތަކަށް ހޯދަންޖެހޭ މެޓީރިއަލްސް ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ހޯދަމުން ދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ ޢަމަލެއް އެ މުޢާމަލާތެއްގައި ނުހިމެނޭކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.
މިގޮތުން މި މަސައްކަތް ކުރަމުންދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ ޢަމަލެއް އެ މުޢާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހު ވާދަވެރި ޕްރޮކިއުމަންޓް ޕްރޮސަސްއެއްގެ ތެރެއިން ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފެނަކައިން ވަނީ އެ ކުންފުންޏާ ގުޅޭގޮތުން ޙާއްސަކޮށް ވަކި ނޫހަކުން ފަތުރަމުންދާ ޚަބަރުތައް، ކަމުގެ ހަޤީޤަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް ޢާންމު ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.
ޚޮރަޕްޝަން ޏުހިންގާނަމަ ނޫސްތަކުގެ ފަލަސުރުހީގަ އެބާހަކަތަށް ނޯންނާނެ ނޫސްވެރިން ޙަބަރުތަޢްލިޔަނީ ޢއެވަރަށްބަލާފަ