ތާޒާ ކުންފުނިން ”ތާޒާ އަހަރަކަށް“ ނަމުގައި އެއް އަހަރު ދުވަހަށް ހިލޭ ފެން ކޭސް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ އެކަކުން ފެށިގެން އަންނަ މަހުގެ 30ގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ އެކަކަށް އަންނަ ޖެނުއަރީން ފެށިގެން އެއް އަހަރުވަންދެން ތާޒާގެ ފަސް ލީޓަރުގެ ފަސް ކޭސް ކޮންމެ މަހަކު ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ހަމަ އެހެންމެ ފެން ކޭސް ހިލޭ ޑެލިވަރީ ވެސް ކޮށްދޭނެ ކަމަށާއި ހޮވުނު ފަރާތް އިއުލާން ކުރާނީ އަންނަ މަހުގެ 31 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އެކުންފުނިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އައިބީއެމްގެ ފޭސްބުކް ޕޭޖަށް ލައިކު ކުރުމަށް ފަހު ފޭސްބުކްގެ ތިން އެކުވެރިން ޕޯސްޓުގެ ކޮމެންޓްބައިގައި ޓެގް ކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނިން ފޭސްބުކްގައި ކޮށްފައިވާ ގިވްއަވޭ ޕަބްލިކްކޮށް ޕޯސްޓް ޝެއާ ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.