ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރު ކައިވެނި ކުރަން އުޅޭ ކަމަށް ބައެއް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ޝްރައްދާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑްގެ މަޝްހޫރު ލިޔުންތެރިޔާ ރާހުލް މޯޑީ އާ ކަމަށެވެ. ޝްރައްދާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު ”ތޫ ޖޫތީ މޭ މައްކާރު“ ފިލްމު ވެސް ލިޔެފައިވަނީ ރާހުލްއެވެ.
މި ދެ މީހުން ގުޅިފައިވަނީ މި ފިލްމުގެ މަސައްކަތުގައި އުޅެމުން ކަމަށާއި ދެމީހުންގެ ގުޅުން ސީރިއަސްވެ ކައިވެނީގެ މަޝްވަރާތައް ވެސް އަންނަނީ ކުރަމުން ކަމަށެވެ.
ދެފަރާތުގެ އާއިލާއިން ވެސް މިގުޅުމަށް ވަރަށް ރުހޭ ކަމަށާއި ޝްރައްދާއަށް ފަހުގެ އައިފޯން ވެސް ގަނެދިނީ ރާހުލް ކަމަށް ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިކަން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.