ފޭރުމުގެ މައްސަލައެއްގައި ރޭ ދަންވަރު ހައްޔަރުކުރި ބަޔަކަށް ގާނޫނީ އިންޒާރު ދީފައިނުވާތީ ކްރިމިނަލް ކޯޓުން މިއަދު އެ މީހުން ދޫކޮށްލައިފިއެވެ.
ފޭރުމުގެ މައްސަލައެއްގައި ދިވެހި ތިން ފިރިހެނަކާއި ދިވެހި އަންހެނަކު ހައްޔަރުކުރީ ރޭ ދަންވަރުު 00:11 ގައި އިއްޒުއްދީނު މަގު / މ.ރޭބަން އެއްވަނަ ފަންގިފިލާއިންނެވެ.
އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.
އެ މީހުން ދޫކޮށްލަން ނިންމި ސަބަބުތައް ބަޔާންކޮށް ކޯޓު އަމުރުގައި ބުނެފައިވަނީ ހައްޔަރުކުރެވިފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށެވެ. އަދި ހައްޔަރުކުރެވުނު ވަގުތު ގާނޫނީ އިންޒާރު ދިންކަން ފުލުހުން ހުށަހެޅި ލިޔެކިޔުންތަކުން އެނގޭނެ ގޮތެއް ނެތް ކަމަށެވެ.