ރާއްޖޭގެ ސިޓީތަކާއި ބޮޑެތި ރަށްރަށުގައި އަންނަ އަހަރުގެ އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްޓައި ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނައިިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި އީދު ފާހަގަކުރުން ހިމެނެއެވެ.
އެގޮތުން އީދު ފާހަގަކުރުމަށް 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
ރިޔާސީ އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށާއިި ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ މާލެސިޓީ ކައުންސިލުން ކުލަގަދަ ގޮތެއްގައި މިދިޔަ އަޟްހާ އީދު ފާހަގަކުރި ފަދައިން ދެން ފެނިގެންދާނީ ކޮންމެ އީދެއްގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގައި އަދި ރާއްޖޭގެ އަތޮޅުުތަކުގައި ވެރިކަން ކުރާ ކޮންމެ ރަށެއްގައި ފުރަތަމަ ފަހަރަށް އެކަން ކުރައްވާ މަންޒަރު ކަމަށް ވިދާޅުވެފައެވެ.
“ދެން ފެނިގެންދާނީ ކޮންމެ އީދެއްގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގަ ހުރިހާ ވެރިކަން ކުރާ ރަށްތަކެއްގައި ފުރަތަމަ ފަހަރަށް އެކަން އަޅުގަނޑުމެން ކުރާނަން.“ މުޢިއްޒު ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ ކެރިފޯރުންތެރިކަން ލިބޭ މިންވަރަކުން އެކަން އެެއަށްވުރެ ފުޅާކުރަމުންދާނެ ކަމަށް ވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.