މާލެ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ “އެއްލައްކަ ގަސް“ ޕްރޮގްރާމްގެ ދަށުން ގަސް ހޯދުމަށް ބޭނުންވާތީ ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށާއި އަގު ހުށަހެޅުމަށް އެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ގޮސް މައުލޫމާތު ސާފުކުރުމަށްފަހު ބިޑު ހުށަހެޅުމަށް އެދޭ ކަމަށެވެ.
މައުލޫމާތު ސާފުކުރުން އޮންނާނީ މާދަމާ 12:00 ގައެވެ. އަދި އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 07 ދުވަހު 12:00 ގައެވެ.
އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި, ޕާޓްނާޝިޕް, ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މާލެ ސިޓީ ކައުންސިލްގެ “އެއްލައްކަ ގަސް“ ޕްރޮގްރާމު ފެށީ މިދިޔަ އަހަރުގެ ޖަނަވަރީގައެވެ. ސިޓީ ކައުންސިލުގެ އަމާޒަކީ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމެވެ.