ވ.އަތޮޅުގެ އަށް ސަރަހައްދެއް ހިމާޔަތްކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާއާ ހަވާލާދީ އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ވ.އަތޮޅުގެ 08 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށެވެ.
ހިމާޔަތްކުރި ސަރަހައްދުތައް:
ވ.ހިނގާކުޅީފިނޮޅު ސަރަހައްދު
ވ.ތުނޑުހުރާ ސަރަހައްދު
ވ.ރުއްހުރި ހުރާ ސަރަހައްދު
ވ.ކަށަވަރުފަޅު ސަރަހައްދު
ވ. ރަކީދޫ ކޯނަރ ސަރަހައްދު
ވ.ހުރަޅުކަނޑު ސަރަހައްދު
ވ.ފުއްސަރު ފަރު
ވ.ހުރާ ފަޅު
މިނިސްޓްރީއިން ބުނީ މި ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލުކުރާނީ ގުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.