ބުރާސްފަތި, ނޮވެމްބަރ 30, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މަޑިފުށީ “ބޮޑުވަޅު“ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަނީ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ނޮވެމްބަރ 1, 2023
ޚަބަރު
0
މަޑިފުށީ “ބޮޑުވަޅު“ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަނީ

ފޮޓޯ: ލޫކަސް ޖަލީލު

ތ.މަޑިފުށީ އާސާރީ ތަރިކައިގެ ތެރޭގައި ހިމެނޭ ބޮޑުވަޅު ހިމާޔަތް ކުރުމުގެ ގޮތުން އެވަޅު ހިމެނޭ ތަން ސާފުކޮށް, ބޮޑުވަޅު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މަޑިފުށީ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ.

ADVERTISEMENT

ކައުންސިލުން 15 އޮކްޓޫބަރުގައި ކުރި އިއުލާނާ ގުޅިގެން އަގު ހުށަހަޅާފައިވަނީ އެއްފަރާތުން ކަމަށްވާތީ އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 07 ވާ އަންގާރަ ދުވަހުގެ 11.00އަށް އެ އިދާރާއަށް ވަޑައިގެން އަގު (ކޯޓޭޝަން) ހުށަހެޅުމަށް ކައުންސިލުން ވަނީ އެދެމެވެ.

މި މަސައްކަތް ކުރުމަށް ހުޅުވާލެވިފައިވަނީ ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމްއިއްޔާތަކާއި, ވަކިފަރުދުންގެ ވިޔަފާރިތަކާއި އަދި ކުންފުނިތަކަށެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1.ބޮޑުވަޅު ހުރި ސަރަހައްދުގައި ހުރި ދެ ރުއް ނަގައި ތަން ސާފުކުރުން (ރުކުގެ ބަދަލުގެ ކަންކަން ހަމަޖައްސާނީ ކައުންސިލުން)

2.ވަޅު ހިމެނޭ ސަރަހައްދުގެ ބިންގަނޑު ލެވެލްކޮށް ސާފްކުރުން.( ގާތްގަނޑަކަށް 1000އަކަފޫޓް)

3.ވަޅުގެ ވަށައިގެން އިމުގެ ތެރޭގައި ހުރި ވެލިތައް ނަގައި ސާފުކުރުން.

4.ވަޅުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުން ( މަރާމާތު ކުރުމުގައި ވަޅުގެ އަސްލު ދަމަހައްޓަންވާނެ)

5.ވަޅުތެރޭގައި ހުރި ގަލާއި ވެލިތައް ނަގައި ވަޅު ސާފުކުރުން. (ވަޅު ބޭނުން ކުރެވޭވަރު ކުރުން)

6.ވަޅުގައި ފައިބަރ މައްޗެއް އެޅުން. (ފައިބަރ ދެސެޓް ޖަހައި ދަށުން ސަޕޯޓްއެޅުން އަދި ޖެލްޖަހަނެ)

7.ވަޅުގެ ވަށައިގެން ރާނާފައިވާ ފާރު ސާފުކުރުން އަދި މަރާމާތުކުރުން. ( މަރާމާތު ކުރާނީ މިހާރު ވެސް އެ މަސައްކަތް ކުރެވިފައިވާ ގޮތުގެ މަތިން އަސްލު ނުގެއްލޭ ގޮތަށް.)

މަޑިފުށީ ބޮޑުވަޅާ ބެހޭ ގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސަރޗް އެނަލިސްޓް ނާޖިހްދީދީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ, ބެލެވޭ ގޮތުގައި މި ވަޅަކީ އިހުގައި އެ ތަނުގައި އޮތް އަށްކަންވެވަށް ފަސްއަޅައި ފޮރުވުމަށްފަހު ވެވުގެ މެދުގައި ބަހައްޓާފައި ހުރި ވަޅެއް ކަމުގައެވެ.

ވެވު (ވެޔޮ) އަކީ މީހުން އެރި, ފެންވަރައި ހެދުމަށް ކޮނެ ތިލަވަތް ގައު އަޅައި ކައިރި ހަދައިފައި ހުން ފެންފެންގަނޑެވެ. މިކަހަލަ ފެންފެންގަނޑު ގިނައިން ހުންނަނީ ދޫނިފަތް ލާފައެވެ. ވެވަށް އެރެން ހަރުފަތެއް ވެސް އޮންނާނެއެވެ.

ނާޖިހް ވިދާޅުވެފައިވާ ގޮތުން 1921 ވަނަ އަހަރުގެ ބޯހިމެނި ހިސާބުތައް ބުނާ ގޮތުން މުޅި ރާއްޖޭގައި ޖުމްލަ 1880 ވެވު ހުއްޓެވެ. މީގެތެރެއިން 1664 ވެވު ހުރީ ފުވައްމުލަކާއި އައްޑުއަތޮޅާއި ހުވަދުއަތޮޅާއި މާލޭގައެވެ.

“މިތަނުން ގިނަ ވެވުތައް, ޚާއްސަކޮށް އާއްމު ރައްޔިތުން ބޭނުންކުރަން ރަށުގެ އެތަން މި ތަނުގައި ހުރި ވެވުތައް ފަސްއަޅައި ފޮރުވާލެވުނީ 1930 ގެ އަހަރުތަކުގެ ތެރޭގައި ފާސްކުރެވުނު ގާނޫނެއްގެ ދަށުން. އެއީ މަދިރީގެ ސަބަބުން އުފެދޭ ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތައް ކޮންޓުރޯލު ކުރަން އެޅުނު ފިޔަވަޅެއް ކަމަށް ވަނީ. އޭގެ ފަހުން 1952 ގައި ވަރލްޑް ހެލްތު އޯގަނައިޒޭޝަނުން ދިން ލަފައެއްގެ ދަށުން  ދިވެހިރާއްޖޭގެ ދެކުނުގައި ހުރި ހުރިހާ ވެވެއްހެން ނަައްތާލެވުނު.“

މަޑިފުށީގެ މި އަށްކަންވެވު ވެސް ނެތުނީ އެ ދުވަސްވަރުގެ ތެރޭގައި ކަމަށްވެދާނެ ކަމަށް ނާޖިހް ވަނީ ވިދާޅުވެފައެވެ.

Tags: އާސާރީމަޑިފުށި

ގުޅުންހުރި ލިޔުންތައް

މާދަމާ ގިރިފުށީގައި ބަޑިޖެހުމަށް ހަމަޖެހިފައިވާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ

އަންނަ މަހުގެ 09 ވަނަ ދުވަހު ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް

ނޮވެމްބަރ 29, 2023
ޔާމީނަށް ވާދަނުކުރެވޭ އިންތިޚާބެއް ސައްހައެއް ނުވާނެ، ގަބޫލެއް ވެސް ނުކުރާނަން: އިދިކޮޅު

އެންސްޕާގެ ސީއީއޯއަކަށް ހީނާ ވަލީދު އައްޔަން ކުރައްވައިފި

ނޮވެމްބަރ 29, 2023
ވަގުންގެ ދުއްތުރާ މިސްކިތްތަކަށް: ރޭ ފަތިހު ފައިވާންތައް, ކުރީ ރޭ ސަޖިދައިގަ އޮއްވާ ފޯނު!

މާލޭގައި ހިންގި ގުރޫޕް މާރާމާރީއަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި

ނޮވެމްބަރ 29, 2023
މިނިސްޓަރު ޝަހީމް މާލެ ސިޓީ ކައުންސިލުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައިފި

މިނިސްޓަރު ޝަހީމް މާލެ ސިޓީ ކައުންސިލުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައިފި

ނޮވެމްބަރ 29, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޔާމީންގެ ދަރިކަލުންނަށް ބޮޑެތި އަނިޔާތަކެއްވެ، ސާޖަރީއެއް ހަދައިފި

    ޔާމީންގެ ދަރިކަލުންނަށް ބޮޑެތި އަނިޔާތަކެއްވެ، ސާޖަރީއެއް ހަދައިފި

    0 shares
    Share 0 Tweet 0
  • ”އޭމިޔޮތް މައިދާނާއެވެ! ތިބާއަށް ނޭނގެނީތޯ މިތަން ސާފްކުރަންޖެހޭކަމެއް“: ޕާޕާ

    0 shares
    Share 0 Tweet 0
  • ހުވާކުރިތާ 72 ގަނޑިއިރު ތެރޭ ރ.މުއީޒު ފެއިލްވެއްޖެ! ލޯޔަރ ނިޝާން

    0 shares
    Share 0 Tweet 0
  • ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ތެޔާޅީސް ވަނަ ބައި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In