ޕިކަޕަކަށް ބަނގުރާ ބަރުކޮށްގެން ދިޔަ އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ޖިނޯ ބޭބީ ދާސް ނަމަކަށް ކިޔާ 28 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވަނީ ބަނގުރަާ ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކޯޓުއަމުރުގައިވާ ގޮތުން އޭނާ ދުއްވަން އިން ޕިކަޕުގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ވަނީ ފެނިފައެވެ.
އޭނާ މި ކުށުގައި ބައިވެރިވިކަމަށް އޭނާގެ ސްޕޮންސަރ އަށް ގަބޫލުކުރެވޭތީ އޭނާ ޑީޕޯޓުކޮށްލަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް އެއްބާރުލުންދޭނެ ކަމަށް ބުނެ ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.