މާލެއާއި, ހުޅުމާލެއާއި, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީއިން ބުނީ މިއަދުން ފެށިގެން މި މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި, ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި, ދެވަނަ ފިޔަވައްސާއި, ވީއައިއޭއާއި, މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ސިފައިން ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީއިން ބުނީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވެ, ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ބްލޭންކް ވަޒަން ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.