ހއ.އިހަވަންދޫ ކައުންސިލު އިދާރާގެ ހުއްދަ ނުހޯދައި, އެމްޑީޕީއިން އެ ރަށު އޯޕަން ސްޓޭޖަށް ބަދަލު ގެނައި މައްސަލާގައި އެ ޕާޓީ ޖޫރިމަނާކޮށްފިއެވެ.
އެމްޑީޕީ ޖޫރިމަނާކުރީ އިހަަވަންދޫ ކައުންސިލު އިދާރާގެ ހުއްދަ ނުހޯދައި އެ ރަށު އޯޕަން ސްޓޭޖަށް ބަދަލު ގެނެސް, ޕާޓީ ރަމްޒުކޮށްދޭ ކުލަ ލާފައިވާތީ, އެ ސްޓޭޖް އިހު ހުރި ގޮތަށް ބަދަލުކުރަން މިދިޔަ ޖުލައިމަހުގެ 17 ވަނަ ދުވަހު އެ ކައުންސިލުގެ ފަރާތުން އެންގި އެންގުމަށް އިޖާބަދީފައިނުވާތީއެވެ.
އެމްޑީޕީ ޖޫރިމަނާކޮށްފައިވަނީ 1,000 ރުފިޔާއިންނެވެ.
ނަމަވެސް އެ އެންގުމާ ޚިލާފުވެފައިވާތީއާއި ކަނޑައަޅާފައިވާ ގޮތަށް
ޖޫރިމަނާ ދައްކާފައިނުވާތީ ޖޫރިމަނާ ދެއްކުމަށް އަންގައި މިދިޔަ އޮގަސްޓުމަހުގެ 31 ވަނަ ދުވަހު ވެސް ކައުންސިލުން އެމްޑީޕީއަށް ސިޓީ ފޮނުވިއެވެ.
އޯޕަން ސްޓޭޖަށް ގެނައި ބަދަލުތައް އިއާދަކޮށްފައިނުވާތީއާއި ޖޫރިމަނާ ވެސް ދައްކާފައިނުވާތީ, ޖޫރިމަނާ ފައިސާ ކައުންސިލަށް ދެއްކުމަށާއި, އޯޕަން ސްޓޭޖު ކުރިން ހުރި ގޮތަށް އިއާދަކުރުމަށް އެމްޑީޕީއަށް އަންގައި އަމުރުކޮށްދިނުމަށް އެދި އިހަވަންދޫ ކައުންސިލުން މިދިޔަ ސެޕްޓެމްބަރުމަހު 07 ގައި އެމްޑީޕީއާ ދެކޮޅަށް އިހަވަންދޫ ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
މި މައްސަލާގައި މި ހުސްވި މަހުގެ 30 ވަނަ ދުވަހު އެ ކޯޓުން ނިންމި ނިންމުގައި ބުނެފައިވަނީ ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވަނީ އެފަދަ އަމުރަކަށް އެދެން ޖެހޭނަމަ, އެދޭންޖެހޭނެ އެކަށީގެންވާ މުއްދަތުގެ ތެރޭގައި ނޫން ކަމަށެވެ.
މީގެއިތުރުން ވެސް އިތުރު ނުކުތާތައް ފާހަގަކޮށް ކޯޓުން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ އެމްޑީޕީގެ މައްޗަށް އެފަދަ ވަގުތީ އަމުރެއް ނެރޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ކައުންސިލްގެ ފަރާތުން ރައްޔިތުން ބޭނުންވަނީ ޒާާތީ ހަސަދައެއް ނޫން …. މިވަރުގެ ބަޔަކު އަދި ނުފެނޭ ދެކެދެކެވެސް…
* އަމިއްލައަށް އެދުން..
* އަވަށު ވާދަ…
* ޕާޓީއަށް ޓަކައި…
* ދެއްކުންތެރިކަން..