ނަތަންޔާހޫއަށް އިތުބާރު ގެއްލި އިސްރާއީލުގެ ކެބިނެޓް ބައިބައިވެއްޖެ ކަމަށް ބައިނަލް އަގުވާމީ ރިޕޯޓްތައް ބުނެފިއެވެ.
ކެބިނެޓްގައި ތިބި ގިނަބައެއްގެ ނުރުހުން ނަތަންޔާހޫއަށް އަމަޒުވެފައި މިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް އެއްވެސް އިރެއްގައި ލިބިވަޑައިގެންފައި ނުވާ ކަމަށް ބުނެ އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކްސްގައި ކުރއްި ޕޯސްޓަކާއި، ގުޅިގެން ނެވެ.
ނަތަންޔާހޫ ބުނިގޮތުގައި އޭގެ ބަދަލުގައި ނަތަންޔާހޫ އަށް ހީވީ 1400 އެއްހާ މީހުން މަރުވި މި ހަމަލާގެ ޒިންމާ އޭނާގެ އަސްކަރިއްޔާ އާއި އިންޓެލިޖެންސްގެ އިސްވެރިންގެ ބޮލުގައި އަޅުވަމުން ދިޔަ ހެންނެވެ.
އެ ވާހަކައާ ގުޅިގެން ޣައްޒާގެ އެތެރޭގައި ވަރުގަދަ އަސްކަރީ ކެމްޕެއިނެއް ހިނގަމުން ދަނިކޮށް ނަތަންޔާހޫ ސިޔާސީ ކުޅުމެއް ދައްކަމުންދާކަމަށް ބުނެ ސިޔާސީ ލީޑަރުން ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ނުރުހުން އެހާ ބޮޑަށް ބޮޑުވީ ބޮޑުވަޒީރު އެ ޓްވީޓް ޑިލީޓްކޮށް، އާދަޔާ ހިލާފަށް މަޑުމައިތިރި ރާގެއްގައި އޭނާގެ ވާހަކަތަކަށް މައާފަށް އެދުމުންނެވެ.
ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި މި އެޕިސޯޑުން ސިޔާސީ އަދި އަސްކަރީ މުއައްސަސާގެ ތެރޭގައި ނުތަނަވަސްކަން އިތުރުވަމުންދާކަން ވަނީ ކަށަވަރުވެފަ އެވެ. ނަތަންޔާހޫގެ ލީޑާޝިޕާއި ގައުމީ ސަލާމަތަށް ވުރެ އަމިއްލަ މަސްލަހަތަށް އިސްކަން ނުދީ ހަނގުރާމައިގެ ތެރެއިން ގައުމު ނެވިގޭޓް ކުރުމުގެ ގާބިލުކަމާ މެދު ސުވާލު އުފެދުނެވެ.
”މިއީ ވަރަށް އުނދަގޫ އަސްކަރީ ކެމްޕެއިނެއް، އެހެންވީމަ ޒިންމާދާރު ބޮޑުވަޒީރަކު ބޭނުންވޭ، ނަތަންޔާހޫއަށް އިތުބާރު ކުރާ އެންމެ ބޭފުޅަކު ވެސް ސަރުކާރުގައި ނެތް – މިއީ މި ކެބިނެޓުގެ މައިގަނޑު މައްސަލަ،“ މެކެލްބާގް ވިދާޅުވި އެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހަށްފަހު ނަތަންޔާހޫ ވަނީ އިސްރާއީލުގެ ވެރިކަން ކުރާ ކޯލިޝަން އިދިކޮޅު ސަފުތަކުން ނެގި ކުރީގެ އަސްކަރީ އިސް އޮފިސަރުންނަށް ފުޅާކޮށް ކުއްލި ހަނގުރާމައިގެ ކެބިނެޓެއް އުފައްދަވާފައެވެ.
އޭގެ ތެރެއިން އެކަކީ ކުރީގެ ޑިފެންސް މިނިސްޓަރެއް ކަމަށްވާ ބެނީ ގަންޓްޒް އެވެ. އޭނާ ވަނީ ނަތަންޔާހޫގެ އަސްކަރިއްޔާއަށާއި އިޒްރޭލުގެ ދާޚިލީ ޖާސޫސީ އިދާރާ ޝިން ބެޓަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށް ނަތަންޔާހޫގެ މަގާމު އަނބުރާ ގެންދިއުމަށް އަވަސް އަރުވާލައިފަ އެވެ.
އެއަށްފަހު އެހެން ލީޑަރުންގެ ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. ”[ނަތަންޔާހޫ އަކީ ސެކިއުރިޓީއަށް ޝައުގުވެރިވާ ބޭފުޅެއް ނޫން، އޭނާ ޝައުގުވެރިވަނީ ހަމައެކަނި ސިޔާސީ ކަންކަމަށް،“ ނަތަންޔާހޫގެ ދިފާއީ ވަޒީރުކަމުގައި ކުރިން ހުންނެވި އިދިކޮޅު މެމްބަރު އަވިގްޑޯ ލިބާމަން ވިދާޅުވި އެވެ. އިޒްރޭލު އަސްކަރިއްޔާގެ އެންމެ އިސް ތަރުޖަމާނު ޑެނިއަލް ހަގާރީ އެއްވެސް އެއްޗެއް ވިދާޅުވާން ދެކޮޅު ހެއްދެވި އެވެ. ”އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ ތެރޭގައި،“ އޭނާ ވިދާޅުވި އެވެ.