ބޮލީވުޑްގެ ކިންގް ޝާހް ރުކް ޙާންގެ އުފަންދުވަސް މިއަހަރު ކުލަ ގަދަކޮށް ފާހަގަ ކުރާ ކަމަށް ހާމަކޮށްފިއެވެ.
ނޮވެމްބަރު 2ގައި ޝާހްއަށް 58 އަހަރު ފުރޭ އުފަންދުވަސް ޝާޙް ފާހަގަ ކުރަން ނިންމާފައިވަނީ މުމްބާއީގެ އަގުބޮޑު ހޮޓެލްއެއްގައެވެ. ކުލަ ގަދަކޮށް ފާހަގަ ކުރާ މި ހަފްލާއަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނުންއަށް ވެސް ވަނީ ދައުވަތު ދީފައެވެ.
އޭގެތެރޭގައި ކަރަން ޖޯހަރު، ދީޕިކާ ޕަޑުކޯން، ރަންވީރު ސިންގް، ކާޖޮލް، ރާނީ މުކެރްޖީ އަދި އާލިއާ ބަޓް ފަދަ ފަންނާނުން ހިމެނެއެވެ.
މި އަހަރަކީ ޝާހްއަށް ވަރަށް ހާއްސަ އަހަރެކެވެ. 5 އަހަރުގެ ބްރޭކަކަށް ފަހު މިއަހަރު ކުޅުން ޝާހްގެ ”ޕަތާން“ އާއި ”ޖަވާން“ ބޮލީވުޑްގެ އެންމެ ކާމިޔާބު 2 ފިލްމަށް ވަނީ ވެފައެވެ. މިއީ ޝާހްގެ ކެރިއަރުގައި ކުޅުން އެންމެ ކާމިޔާބު ދެ ފިލްމެވެ.