ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކުރަން މުހިންމު ބައެއް ކަމުގައިވާ ދަގަނޑުގެ ބައި ގިނަ ކުރުމަށް އަހަރެމެންގެ ކެއުމުގައި ހިމަނަން ޖެހޭ މުހިއްމު ކާނާގެ ބާވަތްތަކެއްވެ އެވެ.
ހަށިގަނޑުގެ ދީފާއީ ބާރުގަދަ ކުރަން ބޯވެލި ފަތް (ސްޕިނެޗް) އަކީ ވެސް މުހިއްމު ރޯލެއް އަދާކުރާ ކާނާ އެކެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ދަގަނޑު ބައި ހިމެނޭ އެއް ކާނާ އަކީ ބޯވެލިފަތެވެ. ދަގަނޑުގެ ބައިގެ އިތުރުން ބޯވެލި ފަތަކީ ކެލްސިއަމް އާއި ސޯޑިއަމް ވެސް ގިނަ އަދަދަކަށް އެކުލެވޭ ބާވަތެކެވެ.
އަލުވިއަކީ އަހަރެމެން ދިވެހިންގެ ތެރޭގައި ވަރަށް ވެސް ގިނަ ބަޔަކަށް ކަމުދާ ބާވަތެކެވެ. އަލުވީގައި ގިނަ އަދަދަކަށް ދަގަނޑުގެ ބައި އެކުލެވިގެންވެ އެވެ. ދަގަނޑުގެ ބައިގެ އިތުރުން ފައިބާ އާއި ވިޓަމިން ސީ، ބީ، އަދި ޕޮޓޭސިއަމް ވެސް ގިނަ އަދަދަކަށް އަލުވީގައި އެކުލެވިގެންވެ އެވެ.
މުގަކީ އާންމު ގޮތެއްގައި ބިދޭސީން ގެ މެދުގައި ވަރަށް މަގުބޫލް އެއްޗެކެވެ. ދިވެހިންގެ ތެރޭގައި ވެސް މުގު ކަމުދާ މީހުން މަދެއް ނޫނެވެ. މުގަކީ އޭގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ. އެގޮތުން ބަލާއިރު ކައްކާފައި ހުރި ޖޯޑެއްގެ މުގުގައި ހަ މިލިގްރާމް ދަގަނޑު ގެ މިންވަރު އެކުލެވެ އެވެ.