ބަތަކީ ދިވެހިން މައިގަނޑު ކެއުމެއްގެ ގޮތުގައި ބޭނުން ކުރާ ބާވަތެކެވެ. އަދި އާއްމުކޮށް ހުރިހައި ގެއެއްގައިވެސް ކައި އުޅެނީ ހުދު ހަނޑުލެވެ. އެހެންނަމަވެސް ހަކުރު ބަލި ހުންނަ މީހުންނާއި އިންސުލިން ލެވެލް މަތިވުމުގެ މައްސަލަތައް ހުންނަ މީހުންނަށް ހުދު ހަނޑުލަކީ ނުރައްކާތެރި އެއްޗެކެވެ.
ރަތް ހަނޑުލަކީ އޭގެ ސަބަބުން ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ރަތް ހަނޑޫ ބަތް އާންމުކޮށް ކެއުމުން ކެންސަރު ޖެހުމާއި ދުރުކޮށްދޭއިރު އެލީޖީވުމުންވެސް ދުރުކޮށްދެ އެވެ. އޭގެ އިތުރުން ހަށިގަނޑުގެ ބަރުދަށް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭއިރު ހިތުގެ މައްސަލަތަކާއި، މައިގްރެއިންގެ އިތުރުން ލޭމައްޗަށް ދިއުން ހުއްޓުވުމަށް ވެސް ރަތް ހަނޑޫ އެހީތެރިވެދެ އެވެ.
ރަތް ހަނޑުލުގައި ސޮލިއުބަލް ފައިބަރ އާއި ނޮން ސޮލިއުބަލް ފައިބާ ހިމެނުމުން، ހަޖަމް ކުރުމުގެ ނިޒާމުގެ މައްސަލަތަކަށް ހައްލު ލިބިގެންދެއެވެ. ސޮލިއުބަލް ފައިބަރއަކީ ފެނުގެ ތެރެއަށް ގިރިގެންދާފަދަ އެއްޗެކެވެ. ނޮން ސޮލިއުބަލް ފައިބަރއަކީ ބޮޑުކަމުދާ ތަކެތި ފަސޭހައިން ބޭރުކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. ރަތް ހަނޑުލުގައި މިދެބާވަތުގެ ފައިބާވެސް ހިމެނެއެވެ.
ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް، ހާއްސަކޮށް ހަކުރު ބައްޔަށް ފަރުވާ ކުރާ މީހުންނަށް ރަތް ހަނޑުލާއި މުށި ހަނޑޫ ކެއުމަށް ޑޮކްޓަރުން ލަފާދެ އެވެ. ސަބަބެއް ކަމަށްވަނީ ހަކުރު ބަލީގެ ސަބަބުން ހަށިގަނޑަށް ލިބިފައި ހުންނަ ވަރުބަލިކަން ފިލުވައިދޭ އެއްޗަކަށް އެ ބާވަތްތައް ވާތީ އެވެ.