މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޒައާމަތުގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު ކެބިނެޓުގައި ހުންނެވިއިރު ކަމަށް ސަރުުކާރުން މިއަދު ބުނެފިއެވެ.
މާލެ-ހުޅުމާލެ ހައިވޭގައި މި ސަރުކާރުން ހަރުކުރަމުން އަންނަ ސޯލާ ޕެނަލްތައް އެތަނުން ނަގައި ރާއްޖޭގެ އެހެން ރަށަކަށް ބަދަލު ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޢިއްޒު މިދިޔަ ހޮނިހިރު ދުުވަހު ވަނީ ވިދާޅުވެެފައެވެ.
ޑރ.މުޢިއްޒު ވިދާޅުވި ގޮތުން ސޯލާ ޕެނަލްތަކުގެ ސަބަބުން އެ މަގު މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުުގައެވެ.
މިކަމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީއިން ބުނީ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ކަމަށެވެ. އަދި މިހާރުގެ އިިންތިޚާބީ ރައީސަކީ އޭރު ކެބިނެޓްގައި ވަޒީރެއްގެ ގޮތުގައި ހިމެނިވަޑައިގެންނެވި ބޭފުޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ ހައިވޭގައި ސޯލާ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއުއަކީ އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާއިިން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޕްރައިވެޓް އެއް އިންވެސްޓްމަންޓް ކަމަށާއި އެއީ 2010 ވަނަ އަހަރު އެކުލަވައިލި ކާބަން ނިއުޓްރަލް އިންވެސްޓްމަންޓް ޕްލޭންގެ ދަށުން ފެށި ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިންގި މަޝްރޫއު ކަމަށެވެ.
ހަމައެހެންމެ ސޯލާ ޕެނަލްތައް ނެގުން ވެގެންދާނީ މި ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ރާއްޖެއާމެދު ގެއްލި ރާއްޖެއަށް ލިބެން އޮތް އިންވެސްޓްމަންޓްތައް ހުއްޓޭނެ ކަމަކަށް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދެން ތިޔަސޯލާ ތައް ނަގާނެކަމެއްނެތް. އެކަން ކޮށްފި ނަމަ މުއިއްޒުގެ އަގުވެއްޓޭނެ. ރައްޔިތުން ރުޅިއަންނާނެ.
ސޯލާ ޕެނަލްތައް މުއިއްޒު ޥީއެވެ. ކުރިޔަށް އޮތްތަނުގައި ތިޔަކަހަލަ ކިތަންމެ ކަމެއް މުއިއްޒުވާ ތަން ފެންނާނެއެވެ.