އާބަންކޯއާ ގުޅޭ ގޮތުން ހުށަހެޅި ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކުންފުނިން ފަސް ކަމެއް ކުރުން މަޑުޖައްސައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިިފިއެވެ.
އޭސީސީއިން އިއްޔެ އާބަންކޯއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އާބަންކޯއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާ ކަމަށާއި އެހެންކަމުން ފަސް ކަމެއް ކުރުން ވަގުތީ ގޮތުން މަޑުޖައްސައިލުން އެދޭ ކަމަށެވެ.
އެ ކަންކަމަކީ:
ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާގުޅޭ ކަންކަން.
އީއޯއައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަންކަން.
ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި ބިން ވިއްކުމާ ގުޅޭ މުއާމަލާތްތައް.
ޖޮއިންޓް ވެންޗަރ އުސޫލުން ކުރިއަށްގެންދާ ކަންކަން.
މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުން.
މި ބާވަތުގެ ކަންކަމާގުޅޭ އެންމެހާ މުއާމަލާތްތައް ހުއްޓާލުމަށް އޭސީސީއިން ވަނީ އަންގާފައެވެ.