މިމަހުގެ 10 ވަނަ ދުވަސް ވެގެން ދިޔައީ މުޅި އިސްލާމީ އުއްމަތް ސިއްސުވާލި ބަތަލުންތަކެއް ގައްޒާގެ 75 އަހަރުވީ އިސްތިއުމާރީ ޔަހޫދީ ބައިގަނޑާއި ދެކޮޅަށް ނިކުމެ މުޅި އިޒްރޭލު ފިތްކަނޑުވާލި ތާރީހީ ދުވަހަކަށެވެ. 1948 ވަނަ އަހަރުން ފެށިގެން އިޒްރޭލުގެ ޔަހޫދީންވަނީ ޤައްޒާ ގެ ރައްޔިތުން އެބައިމީހުންގެ އިސްތިއުމާރުގެ ދަށަށް ގެނެސްފައެވެ. ވަށައިގެން ބޯޑަރުތަކާއި ފެންސުތައްޖެހުމަށްފަހު މުސްލިމުންގެ ހުރިހާ ކަރާމަތަކަށާއި ހައްގުތަކަށް އަރައިގަނެ އެ އަޚުންނާއި އުޙުތުން އަދި މުސްލިމް އެތަކެއް ކުޑަކުދިންނެއްގެ މެދުގައި އެތަކެއް ނަންނަމުގައި އިޒްރޭލުން ވަނީ އަނިޔާވެރި ގަތުލު އާއްމުތައް އެކި ފަހަރުމަތިން ހިންގާފައެވެ.
މިގޮތުން 2014 ވަނަ އަހަރު އިޒްރޭލުން ވަނީ އޮޕަރޭޝަން ’ ޕްރޮޓެކްޓިވް އެޖް“ ގެ ނަމުގައި ގައްޒާގެ 350 މީހުން ހައްޔަރުކޮށް 2000 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި އެވަގުތު ހަމާސް ގެ ހަރަކާތްތަކުގައި އުޅުއްވި ބައެއް ބޭފުޅުން ހިމެނެއެވެ. މި ގަތުލު އާއްމު ވަނީ އެއްމަހަށް ވުރެ ގިނަދުވަސްތަކެއް ވަންދެން ކުރިއަށް ގެންގޮސްފައެވެ. 2018 އަދި 2019 ވަނަ އަހަރު ޤައްޒާގެ ރައްޔިތުން ބޭއްވި ސުލްހަވެރި މުޒާހަރާއަކަށް ބަރު ހަތިޔާރު ބޭނުންކޮށް ހަމަލާދީ އެތަކެއް ސަތޭކަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. ފާއިތުވެދިޔަ ހުރިހާ ކުރިމަތިލުންތަކެއްގައި އިޒްރޭލުންވަނީ މިހާތަނަށް ކުރި ހޯދާފައެވެ. އެބައިމީހުންގެ ފަހަތުގައި ހުޅަނގުގެ ބާރުތަށް ކަށަވަރުކޮށްދޭނެ ބައިނަލްއަގުވާމީ ޖަމާއައްތައް އަބަދުވެސް ތިއްބެވެ.
ނަމަވެސް ކުރިން ދެންނެވިފަދައިން މި މަހުގަ 10 ވަނަ ދުވަސް ވެގެން ދިޔައީ 21 އަހަރުވަންދެން މުސްލިމް ގުޅިފައިވާ ޖަމާއަތްތަކުން ކުރި ހިތްވަރެވެ. ހިޔަނީގެ ފަހަތުގައި އަނިޔާވެރިކަމުގެ ތެރޭގައިވީ ތައްޔާރީތަކުގެ ނަތީޖާއެވެ. އީމާންތެރިކަމާއި ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާތަކެވެ. ހަމާސް އިން އިސް ނަގައިގެން މި މަހުގައި އޮޕަރޭޝަން އަލް އަގްސާ ފްލަޑް އަކީ މިހާތަނަށް އިސްތިއުމާރީ ބާރަކާއި ދެކޮޅަށް މިފަހުގެ ތާރީޙެއްގައި މަދު މީސްކޮޅެއް ނިކުމެ ދިން އެންމެ ވަރުގަދަ ހަމަލާއެވެ. މިހަމާލާގައި ބައިވެރިވި މުޖާހިދުންނަކީ ކަނު އަނދިރީގައި ، ބަނޑުހައި ހޫނުކަމުގައި، ޔަތީމު ހާލު އިޒްރޭލުގެ އަނިޔާވެރިކަން ފާއިތުވެދިޔަ 16 އަހަރުވަންދެން މެދުނުކެނޑި ތަހައްމަލް ކުރި ދަރިންނެވެ. މިނިވަންކަމާއި ދީނުގެ ސިޔާދަތު ދަމަހައްޓަން ހަށިފޮޅާލާ ދުށްމިނުންގެ ބައިގަނޑުތެރެއަށް ވަދެގަތް ސިންގާތަކެވެ.
އިޒްރޭލުން ހީކޮށްގެން ތިބީ ތާއަބަދު މަސްޖިދުލް އަޤްސާގެ މުގައްދަސް ބިމަށް ބޭނުން ގޮތަކަށް އަރައިގެން ބޭނުން ކަމެއް އަބަދުމެ ކުރެވޭނެ ކަމަށެވެ. محمّد الضيف މުހައްމަދު ޟައިފް ގެ އަމުރުއާއްމު އަދި އިސްނެގުމުގެ ދަށުން ހަމާސް އިން އުފެއްދި އިއްޒުން ދީން އަލް ގައްސާމް ބްރިގޭޑްސް ދުނިޔެއަށް އަނެއްކާވެސް ދައްކުވައިދިނީ މުސްލިމުންގެ އާރާއި ބާރެވެ. މީސް މަދުނަމަވެސް ހިތްވަރާއި ކެތްތެރިކަމެވެ. ފަހަތަށް ނުޖެހޭނެކަމާއި އަމާން ނޫދޭނަކަމެވެ. ހަނގުރާމާގައި ވާސިލްވެވޭ އެއްމެ ދުރުމިނަކީ އަދި އެންމެ ގާތްކަމަކީ ޝަހީދުވުންކަން މިއުއްމަތުގެ ނުކުޅެދިފައިވާ ޔަހޫދީންގެ ފައިދަށުވެފައިތިބި މުސްލިމް ވެރިންނަށް ދައްކާލަދިން ފަހުގެ މަސީހާއިންނެވެ.
ހަމާސް އިން ވަނީ ފާއިތުވެ ދިޔަ 21 އަހަރުގައި މިހަނގުރާމައަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ބިމު އަޑީގެ ހޮހޮޅަތަކާއި އަސްކަރީ ތަމްރީންތަކާއި ފަހުގެ އެތަކެއް ވަސީލަތްތައް އުފައްދައި ބޭނުންކުރާނެ ތައުލީމް ވެސް ވަނީ ވަރަށް ރަނގަޅަށް ހާސިލްކޮށްފައެވެ. އަލް ބަނާ، ދަ ބަތަރް، ދަ ޔާސީން، އަދި ޔަހޫދީންނަށް އެންމެ ބޮޑު ބިރަކަށްވި އަލް ގައްސާމް ރޮކެޓްތަކަކީ މުޖާހިދުންގެ އަމިއްލަ އުފެއްދުންތަކެވެ. މީގެ އިތުރުން މޯޓަރ ޝެލް ތަކާއި އެންޓި އާމޯ މިސައިލްތަކާއި އޮޓޮމެޓިކް ރައިފަލްތަކާއި މީހުންނެތި ބޭނުންކުރާ ޑްރޯންތައް ވެސް މުޖާހިދުންގެ އަތުގައ އެބަހުއްޓެވެ. އަދި އިރާން އާއި ރަޝިޔާ އަދި ލުބްނާން ފަދަ ގައުމްތަކުން ދޭ އެހީ އާއި އެއްބާރުލުމުގެ ސަބަބުން މުޖާހިދުންނަށްވަނީ އެތަކެއް ފަސޭހަތަކެއް ވެގެން ގޮސްފައެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުން އަދި ޚުދު އެމެރިކާ އަދި އިޒްރޭލަށްވެސް މި ހަނގުރާމާގައި ކުރިއެރުމެއްނެތެވެ. އެމެރިކާގައި އޮތީ އެންމެ 06 އެއަރ ކްރާފްޓް ކެރިއަރ ކަމަށްވާއިރު އެތަނުން ދޭތި މިހާރުވަނީ 07 މިނެޓް ތެރޭގައި ރަޝިއާ އަދި އީރާން ފަދަ ގައުމްތަކަށް ނައްތާލެވޭހާ ކައިރީގައެވެ. މިހާތަނަށް އިޒްރޭލު ސިފައިންނަށް ޤައްޒާގެ އާއްމުން ދިރިއުޅޭ އަވަށްތަކަށް ވަނުމުގައި އެއްވެސް ވަރެއްގެ ކާމިޔާބީއެއް ލިބިފައެއްނެތެވެ. އެމީހުންގެ ޓޭންކަރުތަކަކާއި ބުލްޑޯޒަރެއް ޣައްޒާގެ ޖުހުރުއްދީކް ސަރަހައްދުގެ ބޯޑަރުން ފެށިގެން ސަލާހުއްދީން ސްޓްރީޓް އެގްޒިސް އިން ވަންނަމަވެސް ޖެނިން ކޭމްޕް އަށް މިސްރާބުޖެހި އެއްވެސް ޔަހޫދީ އުޅަނދަކަށް އެ ސަރަހައްދާއި ކައިރިވެސް ނުވެވެއެވެ. އަލްގައްސާމް ގެ މުޖާހިދުންވަނީ އެންޓި އާމޯ މިސައިލްތަކާއި މޯޓާ ޝެލްތަކާއި އަދި އެހެނިހެން ހަތިޔާރުބޭނުންކޮށްގެން ޔަހޫދީ އުޅަނދުތައް ނައްތާލާއި ޔަހޫދީ ބައިގަނޑު ފަހަތަށް ޖައްސާފައެވެ. މިމަހުގެ 30 ވަނު ދުވެސް ޔަހޫދީން ކުރި މަސައްކަތް ނާކާމިޔާބުވެ އެ މީހުން ވަނީ ވަންނަން ދިމާކުރި ސަރަހައްދު ދޫކޮށް ފަހަތަށްޖެހި އެއްބަޔަކު ފިލާފައެވެ. އަދި މި ކުރިމަތިލުމުގައި އަލް ގައްސާމް ގެ ލީޑަރެއް ކަމަށްވާ ވިއާމް ހަނޫން އާއި އިތުރު 04 މޫޖާހިދުންވަނީ ޝަހީދުވެފައެވެ. ނަމަވެސް މި ގެއްލުމާއި އެކުވެސް މުޖާހިދުންވަނީ ދުވަހުގެ ނަސްރު ހޯދާފައެވެ.
ރައްބީގެ ރަހްމަތްފުޅުން މިއަކީ ޔަހޫދީންގެ ފަހުދުވަސްކޮޅެވެ. އަޅުގަނޑުމެންގެ މުޖާހިދުންވަނީ ޤައްޒާގެ ހުރިހާ ގެއަކަށް އުފާވެރިކަން ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި ނަސްރު ލިބުން އޮތީ ގާތުގައި ކަން ކަށަވަރު ކޮށްދެއްވާފައެވެ. މާﷲ މިއުއްމަތުގެ ބަތަލުން ކަމަށްވާ ޤައްޒާގެ މުޖާހިދުންނާއި ލޮބުވެތި ރައްޔިތުންނަށް މި ސަހޫޔޫނީންގެ މައްޗަށް ގަދަކަންދެއްވައި އިސްލާމީ އުއްމަތުގެ ހަގީގީ އާރާއި ބާރު ދުނިޔެއަށް ދައްކަވާނދޭވެ. އާމީން !