ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އަށް ހަމަލާދީ މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މިކަން ހާމަކޮށް ފުލުހުން ”ދި ޑެއިލީ“ އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އަށް ހަމަލާދީ މަރުގެ އިންޒާރުދިން މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރޭގެ ވަގުތެއްގައި މުކޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީހެއްގެ ފޮޓޯ އާންމުކޮށް ވިދާޅުވީ އެ މީހާ ވަނީ އިއްޔެ ހަވީރު މޫކޭ ދަރިފުޅު ގޮވައިގެން ސައިކަލްގައި ދަނިކޮށް އަވަގުރާނަ ގޮވާ ގަޔަށް އަތްލާ މާރާމާރީ ހިންގާ މަރުގެ އިންޒާރުދީފައި ކަމަށެވެ. އަދި އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށްވެސް މޫކޭ ވަނީ ވިދާޅުވެފައެވެ.