އިންޑިޔާގެ ބޯޕާލްގެ ނޭޝަނަލް ޖުޑީޝަލް އެކެޑަމީގެ ތަމްރީނެއްގައި ކްރިމިނަލް ކޯޓުގެ ޓީމެއް ބައިވެރިވެއްޖެއެވެ.
އެ ތަމްރީނުގައި ބައިވެރިވެފައި ވަނީ ދިވެހިރާއްޖޭގެ ޖުޑީޝަރީގެ ޤާބިލްކަން އިތުރުކުރުމުގެ މަޤުސަދުގައި ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
އިންޑިޔާގެ ބޯޕަލްގެ ނޭޝަނަލް ޖުޑީޝަލް އެކެޑަމީ އޮފް އިންޑިޔާގައި ކުރިއަށްގެންދާ އެ ތަމްރީނުގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިޔާ އިން ރާއްޖެއަށް އެކި ދާއިރާތަކުން ތަމްރީނުގެ އެހީތެރިކަން ފޯރުކޮށްދެމުންދާ އިރު އަދުލު އިންސާފާއި ތައުލީމްގެ ދާއިރާއިން މީހުން ތަމްރީންކުރުމުގައި އިންޑިޔާގެ އެހީތެރިކަން ދަނީ ލިބެމުންނެވެ.