ތުރުކީވިލާތް ޖުމްހޫރިއްޔަތެއްގެ ގޮތުގައި އުފެދުނުތާ ސަތޭކަ އަހަރު ފުރުން ފާހަގަކޮށްފި އެވެ.
ތުރުކީއަށް ޖުމްހޫރިއްޔަތެއްގެ ގޮތުގައި 100 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު، އާދީއްތަ ދުވަހު ބާއްވަން ރާވާފައިވާ ގިނަ ހަރަކާތްތައް ވަނީ މެދުކަނޑާލާފަ އެވެ. ސަބަބަކީ ވަށާލާފައިވާ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް އިތުރުވަމުންދާ ދިޔުމުގެ ސަބަބުންނެވެ.
އިސްރާއީލާއި ހަމާސްގެ ހަނގުރާމައިގެ ސަބަބުން ދުރުރާސްތާއަށް ކުރާ ނޭދެވޭ އަސަރުތައް ދައްކުވައިދޭ މި ލޯ ޕްރޮފައިލް މައްސަލައިން ތުރުކީގެ މުޖުތަމައުގެ ތެރޭގައި ނުތަނަވަސްކަން އުފެދި، އެ ދައުލަތުގެ ސެކިއުލާ ލެގަސީއާ މެދު ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ.
މައިގަނޑު ހަރަކާތަކީ އަންކާރާގެ އަތާތުރުކްގެ މަހާނަ ކަމަށްވާ އަނީތުކާބިރުގައި ބޭއްވި ހަރަކާތެކެވެ. އެ ހަފްލާގައި ސަރުކާރުގެ އޮފިޝަލުންނާއި އިއްޒަތްތެރިން އެއްވެ އިހުތިރާމް އަދާކުރި އެވެ. ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްކެވި ވާހަކަފުޅުގައި، އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޤައުމުގެ ކޮމްޕްލެކްސް ތާރީޚް ފާހަގަކުރެއްވިއެވެ.
29 އޮކްޓޫބަރު 1923 ގައި މުސްތަފާ ކަމާލް އަތާތުރުކް ވަނީ ތުރުކީގެ ޖުމްހޫރިއްޔަތެއް އުފެދުނުކަން އިއުލާނު ކުރައްވައި، އެތައް ސަތޭކަ ގަރުނެއްގެ އުސްމާނީ ވެރިކަން ނިމުމަކަށް ގެނެސްފަ އެވެ. ތަފާތު ގޮންޖެހުންތަކުގެ ތެރޭގައި ކުރިއަށް ގެންދާ މި އަހަރުގެ އުފާފާޅުކުރުމުގެ ގޮތުން ބޭއްވި މަދު ހަރަކާތްތަކުން ފެނިގެން ދިޔައީ ރިޕަބްލިކަން ޕާޓީގެ އަސާސްތަކަށް އެ ގައުމުގެ ސާބިތުކަން ދައްކުވައިދޭ ހަރަކާތެކެވެ.
އެއަށްފަހު އުރުދުޣާން އިސްތަންބޫލަށް ވަޑައިގަން އެމަނިކުފާނުގެ ސަރުކާރުގެ ކާމިޔާބީތައް ދައްކުވައިދިނުމުގެ ގޮތުން ތަޤްރީރެއް ކުރެއްވި އެވެ. ”އަޅުގަނޑުމެންގެ ބާނީންގެ މަތިން ވަރަށް އިހުތިރާމާއެކު ހަނދާން ކުރަން،ދާޚިލީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި، އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތުގެ އުޞޫލުތަކަށް އޮތް އަހައްމިއްޔަތުކަން، ކުރިއަށްވުރެ މާ މުހިންމު.“ އުރުދުޣާން ވިދާޅުވި އެވެ.
ނަމަވެސް ތުރުކީން ވަނީ ގަރުނަކުން އެއް ފަހަރު ބާއްވާ މި އިވެންޓަށް އުއްމީދު ކުރާ ވަރަށް ވުރެ ތަރުހީބު ކުޑަކޮށްފަ އެވެ. އަދި ރަސްމީ ކޮށް ދައުލަތުގެ ރިސެޕްޝަނެއް ބާއްވައި، ”ޣައްޒާގައި ހިނގި ނުރައްކާތެރި އިންސާނީ ހިތާމަވެރި ހާދިސާ“ ކަމަށް ބުނެ، ކޮންސެޓްތަކާއި އުފާފާޅުކުރުމުގެ ހާއްސަ ޓީވީ ކަވަރޭޖް ވަނީ ކެންސަލް ކޮށްފަ އެވެ.
އޭގެ ކުރީ ދުވަހު އިސްތަންބޫލްގައި ފަލަސްތީނަށް ތާއީދުކުރާ އެއްވުމެއްގައި އުރުދުޣާން ބައިވެރިވެވަޑައިގަތް ވިދާޅުވެފައި ވަނީ އިޒްރޭލުން އަމަލުކުރަނީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ކަމަށް ތުހުމަތުކުރައްވައި ޣައްޒާގައި ހަރުކަށި ޖަރީމާއެއް ހިނގަމުންދާ ކަމަށް ވިދާޅުވެފައެވެ.