އެމަނިކުފާނު ޖަލުގައި ތަހައްމަލު ކުރި ތަަހައްމަލު ކުރުމެއް
އެއްވެސް ސިޔާސީ ލީޑަރަކު އިހުސާސެއް ނުކުރައްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ޖަލުގައި ތަހައްމަލު ކުރި ތަަހައްމަލު ކުރުމެއް އެއްވެސް ސިޔާސީ ލީޑަރަކު މިހާތަނަށް އިހުސާސެއް ކުރައްވައިފައެއް ނުވާނެ ކަމަށެވެ.
”ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއްވެސް ސިޔާސީ ލީޑަރަކު އަޅުގަނޑު ޖަލުގައި ތަހައްމަލު ކުރި ތަަހައްމަލު ކުރުމެއް އިހުސާސެއް ނުކުރައްވާނޭ. ތަޖުރިބާއެއް ނުކުރައްވާ. އެހެންވީމަ އަޅުގަނޑު އެދެން އަޅުގަނޑު އިންނަ ޖަލްސާއެއްގައި އެއްވެސް ބޭފުޅަކު ވިދާޅުނުވެ ރައީސް ޔާމީން ތި ތަހައްމަލުކުރި ހިތްދަތިކަން ތިމަންނަމެންނަށް އިހުސާސްވެޔޭ. ނޫން ނުވާނެ. އެ ހިތްދަތިކަން އެއްވެސް ބޭފުޅަކަށް އިހުސާސެއް ނުވާނެ.“
ނަމަވެސް އެ ހިތްދަތިކަމުގައި ބައިވެރިވާކަމަށް ބުނެފިނަމަ އެކަން ގަބޫލުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ވ.އާރަށުގެ މައްސަލާގައި ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރުގައެވެ. އެތައް ދުވަހަަކަށްފަހު އެމަނިކުފާނު ގޭބަންދަށް ބަދަލުކުރީ މި މަހުގެ 01 ގައެވެ.