ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ބައިވެރިވަޑައިގަންނަވާ ޖަގަހަ ޖަލްސާގައި ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިނުގެންނެވިއެވެ.
ޕީޕީއެމް އޮފީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ޔާމީނާއެކު ތިއްބެވީ އެމަނިކުފާނުގެ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދާއި ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލްފަދަ މަދު ބޭފުޅެކެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނެއް ނެތެވެ.
ގޭބަންދަށް ލުއިތަކެއް ދިނުމާއެކު ރޭ ވެސް ޕީޕީއެމް އޮފީހަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއެކު ރައީސް ޔާމީން ވަނީ ބައްދަލުވުމެއް ބާއްވަވައިފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ވެސް ލީޑާޝިޕްގެ އިސް ބޭފުޅުންނެއް ނެތެވެ.
މިކަމާ ސުވާލު ކުރުމުން ޕީޕީއެމްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީި މި މަހުގެ 01 ވަނަ ދުވަހުއެވެ.
ކަރެކްޝަނުން މިހާރު ވަނީ ބޭސްފަރުވާ ކުރުމަށާއި ކަސްރަތުކޮށް އުުޅުމަށް އިތުރު ލުއިތަކަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާތީ ބަންދަށް ލުއިދީފައެވެ. އެއީ ކޮންމެހެން ބައްދަލު ކުރުމަށް އެދޭ ފަރާތްތަކަށް ބަައްދަލުކުރުމުގެ ފުރުސަތު ވެސްް ހިމެނޭ ގޮތަށެވެ.
މުއިއްޒު ކުރަންޖެހޭ ކަންތަކާއި ކުރަން ނުޖެހޭ ކަންތައް ކިޔައިދޭން ފެށީއެވެ. އެކަމަކު ވެރިކަމަށް ޝައުގެއް ނެތޭޔޯލައެވެ. އަނެއް ޑިމޮކްރެޓްސް ތިޔަ ފެންނަނީއެވެ.