ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ބުދަ ދުވަހަށް ތާވަލްކޮށްފިއެވެ.
މިއީ މި މައްސަލަ އެޖެންޑާ ކުރާ 3 ވަނަ ފަހަރެވެ.
ބުދަ ދުވަހަށް އެ މައްސލަަ އެޖެންޑާކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ވެސް ވަނީ އެޖެންޑާކޮށްފައެވެ.
ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ މަޖިލީހުގެ ޖަލްސާއަށް ސަލާމް ފޮނުއްވާފައިވާތީ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.
ހޯމަ ދުވަހު އެ މައްސަލަ އެޖެންޑާ ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް އާދީއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު އެ ދުވަހު ވެސް އީވާ ސަލާމް ފޮނުއްވުމުގެ ސަބަބުން މައްސަލަ ކުރިއަށް ގެންދެވިފައި ނުވުމުންނެވެ.