ޤައުމީ އެއާރލައިން މޯލްޑިވިއަން އިން އަވަށްޓެރި އިންޑިޔާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފިއެވެ.
އިންޑިޔާގެ ބެންގަލޫރަށް މޯލްޑިވިއަން އިން މިއަދު ފެށި ދަތުރުތައް ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުތައް ކުރަނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން އިންޑިޔާގެ ބެންގަލޫރަށެވެ.
މޯލްޑިވިއަން އިން ބުނީ ބެންގަލޫރު ދަތުރުތައް ފެށުމަކީ ބައިނަލްއަޤްވާމީ މުހިންމު މަންޒިލްތަކާ ރާއްޖެ ގުޅާލައި ފަސިންޖަރުންނަށް ދަތުރުފަތުރުކުރުމުގެ ފުރުޞަތުތައް އިތުރުކުރެވި ސަގާފީ އަދި އިޤްތިޞާދީ މުޢާމަލާތްތައް ކުރިއެރުވުމަށް މޯލްޑިވިއަން އިން ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.
މޯލްޑިވިއަން އިން މިއަދު އިންޑިޔާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފެށި އިރު އިންޑިޔާގެ ޓްރެވްންޑްރަމް އަދި ކޮޗިންގެ އޮތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ވެސް އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.