އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން 2023 ވަނަ އަހަރަށް ލަފާ ކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމާއި ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ.
މަޖިލީހުގެ އިދާރާއިން މިއަދުު ވަނީ ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާ ވެސް ހާމަކޮށްފައެވެ. އެޖެންޑާގައިވާ ގޮތުން އެ ދުވަހުގެ ޖަލްސާގައި އޮންނާނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރު ކުރިއަށް ގެންދިއުުމެވެ.
ނަޝީދުގެ މައްސަލަ ބުދަ ދުވަހަށް ފަސްކޮށްފައިވާއިރު މިދިޔަ ދެ ދުވަހު ވެސް ޖަލްސާ ނުބޭއްވޭތީ އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.