ނުރަސްމީ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
މިކަން ހާމަކޮށް އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ”ދި ޑެއިލީ“ އަށް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އަމިއްލަފުޅު ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް އިންތިޚާބީ ރައީސްގެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
މިއީ ޑރ. މުޢިއްޒު ރައީސް ކަމަށް އިންތިޚާބުވީ ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މުޢިއްޒު ފުރާވަޑައިގަންނަވާނީ މިރޭ 23:40 ގައި ސިންގަޕޫރު އެއާލައިންސްއިންނެވެ. އަދި މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ޕާޓީގެ އިސް ބޭފުޅުންތަކެއް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ތިޔައީ މައުމޫނުން ފެށިގެން ހުރިހާ ރައީސުންވެސް ކުރާ ދަތުރެކެވެ. އެއީ ބްރޭންޑަޑް ކޯރޓް ފަޓްލޫނު ފަހާލާ، ފަރސްޓް ލޭޑީ ހެދުންކޮޅު ފަހާލާ ބައެއް ކަހަލަ ސޮޕިންގ ކޮއްލަން ދާ ދަތުރެކެވެ.