އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖައްސަން 22 މިލިއަން ރުފިޔާއަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އިންތިޚާބީ ރައީސް ޑރ.މުޢިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ޓެންޑާ ބޯޑުން 22.9 މިލިއަން ރުފިޔާއަށް ސިފްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަމަހުގެ 17 ވަނަ ދުވަހު 16:45 ގައި ޖުމްހޫރީ މައިދާނުގައެވެ. ރަސްމިއްޔާތަށް ތައްޔާރީތައް ވުމުގެ ގޮތުން ޖުމްހޫރީ މައިދާނުގެ ވަށައިގެން ވަނީ ފެންސް ޖަހައި ބަންދުކޮށްފައެވެ.