މި އަހަރުގެ 3 ވަނަ ކްއާޓަރުގައި އެންމެ ގިނަ ވަޒީފާ އުފެދިފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބިޒްނަސް ސާވޭ އިން ދައްކައިފިއެވެ.
އެމްއެމްއޭގެ ބިޒްނަޒް ސާވޭގެ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ 2 ވަނަ ކުއާޓާއަށް ވުރެ 3 ވަނަ ކުއާޓާގައި ޓޫރިޒަމް ދާއިރާއިން އުފެދިފައިވާ ވަޒީފާތައް ވަނީ އިތުރުވެފައެވެ. އެއީ މައިނަސް 14 އިން 13 އަށެވެ.
ސާވޭ ރިޕޯޓުގައިވާ ގޮތުން ހުރިހާ ސިނާއަތްތަކެއްގައި ވަޒީފާތައް އިތުރުވެފައިވީ ނަމަވެސް އެންމެ ގިނަ އަދަދަކަށް ވަޒީފާތައް އުފެދިފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ.
މި މުއްދަތުގައި ކޮންސްޓްރަކްޝަން ސިނާއަތުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެފައި ވަނީ މި އަހަރުގެ 2 ވަނަ ކުއާޓަރުގައި ވެސް އެ ސިނާއަތުގައި ވަޒީފާތައް އުފެދުނު މިންވަރަށް ކަމަށް ރިޕޯޓުގައިވެއެވެ.