ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން މާލެ ސިޓީ ކައުންސިލުގެ މެމްބަރުު އިބްރާހިމް މުޙައްމަދު (އިބުޓީ) ނިންމަވައިފިއެވެ.
އިބްރާހިމް މުޙައްމަދަކީ މާލެ ސިޓީ ކައުންސިލުގައި ގަލޮޅު ދެކުނު ދާއިރާގެ ތަމްސީލު ކުރައްވާ މެމްބަރެވެ.
ފޭސްބުކްގައިި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ޕީޕީއެމް ގަލޮޅު ދެކުނު ދާއިރާގެ ރައީސް އިބްރާހިމް މުޙައްމަދަކީ އެ ދާއިރާގެ ޒުވާނުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. އޭނާއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ދައުރުގައި އިދިކޮޅު މުޒާހަރާތަކުގައި ހަަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް އޭނާ ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ.