ކުރިއަށް އޮތް އާންމު އިންތިޚާބުން ވެސް އެމްޑީޕީ ބަލިކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ގިނަ އަދަދެއްގެ ޒުވާނުންނާއި ކަނބަލުން ޝައުގުވެރިވި ކަމަށެވެ. ނަމަވެސް ޝައުގުވެރިވި ބޭފުޅުންނަށް ތަފާތު ބިރުތައް ދައްކައި ޓިކެޓާއި ދުރަށް ދިއުމަށް މި ސަރުކާރުން މަޖުބޫރު ކުރުވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މިއަދު އެ ކޯލިޝަންގެ ޓިކެޓްގެ އަސްލު ޑިމާންޑް ފެންނަމުންދާ ކަމަށާއި މިއީ ހަގީގަތުގައި އެ ކޯލިޝަންގެ ސިޔާސަތުތައް ހަރުދަނާވުމުގެ ސަބަބުން އޮތް ޑިމާންޑެއް ކަމަށެވެ.
”އަޅުގަނޑުމެންގެ ދެ ރައީސް (ރައީސް މުޢިއްޒު އަދި ރައީސް ޔާމީން) ގެ ފުރިހަމަ ތާއީދާއެކު މި ކޯލިޝަންގެ ކެނޑިޑޭޓުން ކުރިއަށް އޮތް އާންމު އިންތިޚާބުން އެމްޑީޕީ ބޮޑުތަނުން ބަލިކުރާނަން.“
ކުރިއަށް އޮތް އާންމު އިންތިޚާބަކީ 2024 ވަނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބެވެ. މި އިންތިޚާބު އޮންނާނީ އޭޕްރީލް ކުރީކޮޅުގައި ނުވަތަ މެއިމަހުގެ ފަހުކޮޅުގައެވެ.
ތިޔަކަމައް މަވެސްތާއީދުކުރަން އެއީހަމަ އެއްގޮތަކައްވެސް ހޮވަން ހެއޮވާވަރުގެ ބައެއްނޫ