ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރުު އިބްރާހިމް ނަސީމް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.
މެމްބަރު ނަސީމް އެ ޕާޓީއާ ގުޅިވަޑައިގެންނެވިކަން ޕީއެންސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފައެވެ.
މިހާތަނަށް މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި މެމްބަރު ނަސީމް ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމާއެވެ.
ނަސީމް ޕީއެންސީއާ ގުޅިވަޑައިގަތުމުން މަޖިލީހުގައި މިހާރު އެ ޕާޓީގެ ފަސް މެންބަރުން ތިއްބަވާނެއެވެ.
މަޖިލީހުގައި މިހާރު ޕީއެންސީ ތަމްސީލު ކުރައްވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް (ޕީޖީ ލީޑަރު) މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދާއި ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އެވެ.