ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމުން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ކުރިމަތިލައި ބައެއް ތަކެއްޗަށް ގެއްލުންދީފިއެވެ.
ނަޝީދުމަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މިއަދަށް އެޖެންޑާކުރި ނަމަވެސް, މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމައިފައެވެ.
އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވައި އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގައި އިހުތިޖާޖުކޮށްފައެވެ.


އެ އިހުތިޖާޖުގެ ތެރެއިން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިދާރީ މޭޒު ކައިރިއަށް ގޮސް އަޑުގަދަކުރައްވައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާ ބޭނުންކުރައްވާ ކޮމްޕިއުޓާ ސިސްޓަމް ވައްޓާލައި ފިލްޒާގެ މޯބައިލް ފޯނަށް ގެއްލުންދީފައެވެ.
މީގެއިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވައި ގަވާއިދާ ޚިލާފަށް އަމަލުކުރައްވައިފައެވެ.