ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރަން އިތުބާރު ނެތްކަމުގެ ޤަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ޖަލްސާ، ވެސް
ކެންސަލް ކޮށްފިއެވެ.
މިއަދުގެ ޖަލްސާވެސް ކެންސަލް ކޮށްފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އާލާސްކަންފުޅާ އުޅުއްވާތީއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރާއި ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.
އެނގިފައިވާ ގޮތުގައި ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މަޖިލީހަށް ސަލާމް ފޮނުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.
މީގެ އިތުރުން ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ތުރީލައިން ވިޕެއް ވެސް ނެރެފަ އެވެ.